ދެން ފިޒިކްސް ފަސޭހައެއް ނުވާނެ
25 ސެޕްޓެންބަރު 2023

މިއަދަކީ އައިސްތުމިސް ވަކިވެގެންދިޔަ ހިތާމަވެރި ދުވަސްކަމުން، ފިޒިކްސް ފަސޭހަނުވާން ފެށި ފުރަތަމަ ދުވަހްކަމުގައި ތާރީޚުން ހެކިދެއެވެ. ކަންދިމާވިގޮތުން މިއަދު ކުލާހައް އައީވެސް އެހާ މަދުބަޔެކެވެ. ނަމަވެސް، މިސްގެ ހެޔޮ އެދުންތަކާ ހެޔޮނަސޭހަތާއި ކޮންމެސް ހަދިޔާއެއް (ޗޮކުލެޓެއް ކަންނޭނގެ، ހަނދާނެއްނެއް މިހާރަކު) އައި ހުރިހާ ކުދިންނަށް ލިބުނެވެ. މިސްވަނީ ދަރިއެއް ލިބުމުގެ މަގުމަތީގައިކަމުގައިވުމުން މިއަދަކީ މިސްއަށް ވަރަށް އުފާވެރި ދުވަހެއް ކަމުގައި ވެދާނެއެވެ. ނަމަވެސް މިސްގެ ޙަޤީޤީ ދަރިން ތިބީ ފިފިޒިކްސް ފަސޭހަނުވުމުގެ މަދުމަތީގައި ކަމުގައިވުމުން، މިއަދަކީ މިސްވަރަށް މިސްވާން ފެށި ދުވަހެކެވެ.