އާހިލް މާބަނޑު ވީބާ؟
27 އޭޕްރިލް 2024

ކުލާސް ބާބާކިއުއެއްގެ ތެރޭއިން އާހިލްއަށް އާދަޔާޚިލާފުކާމެއް ދިމާވެއްޖެއެވެ. ސައިންސްވެރިންނާއި ޑޮކްޓަރުންނާއި އެކި ފިކުރުތަކުގެ ފަލްސަފާވެރިންނަށް ވެސް އާހިލްއަށް ދިމާވެފައިވާ މި ކަންތައް ދިމާވާން މެދުވެރިވީ ކިހިނެއް ކަމެއް ނޭނގެއެވެ.

މިވަގުތު 6 މަސްދުވަހުގެ ލީވް ނަގައިގެންހުރި އާހިލްގެ ހާލުއަހުވާލު ބަލަންދާ އެންމެން އެނބުރި އަންނައިރު ކުރަނީ އެއް ސުވާލެކެވެ. އަނެއްކާ އާހިލް މާބަނޑު ވީބާވައެވެ؟