މަނާލްގެ ކެމްޕޭން "ބަސްއަހާނަން"
26 އޮގަސްޓު 2023

ސުކޫލުގެ އިސްމަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމާއި ގުޅިގެން، ސުކޫލުގެ އަންހެން ޑެޕިއުޓީ ކެޕްޓަންކަމުގެ މަގާމަށް ކުރިމަތިލި މަނާލްގެ ކެމްޕޭންނައަކަށްވީ "ބަސްއަހާނަމެވެ".

ޑެޕިއުޓީ ކެޕްޓަން ކަމަށް އިންތިޚާބުވެއްޖެނަމަ، ދަރިވަރުންގެ ހިޔާލުތައް އަޑުއަހާނެކަމަށް ބުނެ، މަނާލް ކޮށްފައިވާ ހަމައެކަނި ވަޢުދަކީ "ބަސްއެހުން" ކަމަށް ފާހަގަކުރެވެއެވެ.

ކަންދިމާވިިގޮތުން، މިިމަގާމަށް ހޮވުނީވެސް މަނާލެވެ. ދެން ބަސްއަހާނެތޯ ބަލަންވީއެވެ.