ފަހު މާދަރީބަހުގެ ދުވަސް
21 ފެބުރުައަރީ 2024

ޖަލާލުއްދީނުގައި އަދި މުޅި ސުކޫލު ދައުރުގައި ބައްދަލުވާނެ އެންމެފަހު މާދަރީބަހުގެ ދުވަހާ 12ސީގެ ދަރިވަރުން ބައްދަލުކޮށްފިއެވެ. ބައިވަރު ފޮޓޯނަގާ، އެކިވަނަތައް ހާޞިލްކުރުމަށްފަހު މޮޅޭސޯރގެ އަތުން ދަތުރެއް އަތުލެވޭތޯވެސް މަސައްކަތް ކުރީމެވެ.

މިއަދު ބައިވަރު ބައިވަރު ކަންކަން ހިނގިއެވެ. މިއަދުގެ މުނާސަބުގައި ޔާސީންވަނީ ސުނެޕުއަޅާފައެވެ. ރޭޑިއޯޑުރާމާއިން އެއްވަނަ ލިބުނުކަމުގެ މުނާސަބުގައި މޮޅޭސޯރ ކެޔުމެއް ނުވަތަ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ބޮޑު ދެ ތަށި ކުލާހުގެ ލޮކަރުމަތީގައި ބަހައްޓައިފިއެވެ. މިހުރިހާ އެފާވެރިކަމެއްގެ ތެރިއިން ލުބުނާ މިސް، އަދުހަމް ބަޔޮލޮޖީ ނުކިޔަވާކަންވެސް ހަނދާންނެތުނީއެވެ.

ތިރީގައި މިވަނީ މާދަރީބަހުގެ ދުވަހުގައި ނެގި ބައެއް ފޮޓޯތަކުގެ ލިންކް:
https://photos.app.goo.gl/XauZhQm2GxgH2BybA